First seen by Alion on Oct 13, 2026.
Open to Maldivian nationals only.
ޑޭޓާ ސައިންޓިސްޓް
އިޢުލާން
މި މިނިސްޓްރީގައި މަސައްކަތްކުރެއްވުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި މަސައްކަތަށް ޤާބިލު މުވައްޒަފުންނެވެ.
މަޤާމު
ޑޭޓާ ސައިންޓިސްޓް
މަޤާމުގެ ނަންބަރު
J-465362
ބޭނުންވާ އަދަދު
01 (އެކެއް)
މަޤާމުގެ ގިންތި
ދާއިމީ
މަޤާމުގެ ރޭންކް
ޕަބްލިކް ސަރވިސް ރޭންކް 8 – ސްޓެޕް 1
ޑިވިޝަން/ ސެކްޝަން
ހެލްތު އެންޑް ސޯޝަލް އިންފޮމޭޝަން މެނޭޖްމަންޓް އެންޑް ރިސަރޗް ޑިޕާޓްމަންޓް، ޑޭޓާ އެންޑް ޕަބްލިކޭޝަން ޑިވިޜަން، ޑޭޓާ އެނެލިޓިކްސް އެންޑް ޕަބްލިކޭޝަން ސެކްޝަން
ވަޒީފާ އަދާކުރަންޖެހޭ ތަން
މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ / މާލެ
މުސާރަ
-/13,100 ރުފިޔާ
މަގާމުގެ އެލަވަންސް
-/6,110 ރުފިޔާ
އެހެނިހެން އެލަވަންސް
- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/ 165
- ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 ނޮވެމްބަރު 2025 އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް
- ދާއިރާއާ ގުޅުންހުރި ތަފާސްހިސާބުތަކާއި ރިޕޯޓްތައް ތައްޔާރުކުރުމަށްޓަކައި، މައުލޫމާތު އެއްކުރުމާއި، ބެލެހެއްޓުމާއި، ކްލީންކޮށް ވެރިފައިކުރުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތްކުރުން
- ދާއިރާއާ ގުޅުންހުރި ތަފާސްހިސާބުތަކުގެ ޑޭޓާ އެއްކުރުމާއި މެނޭޖްކުރުމާއި އެނެލައިޒްކުރުމަށް ބޭނުންވާ ސްޓެޓިސްޓިކަލް މޮޑެލްސް/ޓެކްނީކްސް، ޑޭޓާ މައިނިންންގ މޮޑެލް ނުވަތަ މެޝިން ލާނިންގ ޓޫލްސް ޓެސްޓުކުރުމާއި ސެކްޝަނުގެ މަސައްކަތުގައި ބޭނުންކުރުން
- ސްޓެޓިސްޓިކަލް މޮޑެލްސް ބޭނުންކޮށްގެން މޯޓަލިޓީ އަދި މޯބިޑިޓީގެ ތަފާސްހިސާބުތަކުގެ ޕްރިޑިކްޓިވް އެނެލިޓިކްސް ހެދުން
- ޑަބްލިޔު އެޗް އޯގެ އައި ސީ ޑީއާ އެއްގޮތަށް މޯޓަލިޓީ އަދި މޯބިޑިޓީ ކޯޑިންގެ މަސައްކަތްކުރުމާއި ކޯޑިންގްގެ ކޮލިޓީ ހިފެހެއްޓުމުގެ މަސައްކަތްކުރުން
- ދާއިރާއާ ގުޅުންހުރި އެއްކުރެވޭ ތަފާސްހިސާބުތައް ބޭނުންކޮށްގެން ރާއްޖޭގެ ހާލަތު ދައްކުވައިދޭ ކުރުރިޕޯޓް/ޕްރޮފައިލް/އިންފޮގްރަފިކްސް ތައްޔާރު ކުރުމުގެ މަސައްކަތްކުރުން
- ދާއިރާއާ ގުޅުންހުރި ޚިދުމަތްދޭ ތަންތަނުން އެއްކުރެވޭ ތަފާސްހިސާބުގެ ރިޕޯޓްތަކުގެ ކޮލިޓީ ޗެކްކުރުމާއި ރިޕޯޓިންގައި ދިމާވާ މައްސަލަތައް ހައްލުކުރުމުށް މަސައްކަތްކުރުން
- ދާއިރާއާ ގުޅުންހުރި ތަފާސްހިސާބުގެ މިނިމަމް ޑޭޓާސެޓް އެކުލަވާލާ އެއްކުރެވޭ ތަފާސްހިސާބުތަކުގެ ފެންވަރާއި ސްޓޭންޑަޑްތައް ހިފެހެއްޓުމުގެ މަސައްކަތް ކުރުން
- ދާއިރާއާ ގުޅުންހުރި ހާލަތު ދެނެގަތުމަށް ބޭނުންވާ ކޯ އިންޑިކޭޓަރތަކާއި ސަރަހައްދީ އަދި ގްލޯބަލް ތަފާސްހިސާބުގެ ރިޕޯޓްތައް އެކުލަވާލުމަށް ބޭނުންވާ މައުލޫމާތުތައް އެއްކޮށް، އެނެލައައިޒްކުރުމާއި ޕޮލިސީ ލެވެލްއާއި ބައިނަލް އަޤުވާމީ ޖަމުޢިއްޔާ ޖަމާޢަތްތަކާއި އެހެނިހެން އިދާރާތަކާ ހިއްސާކުރުން
- ދާއިރާއާ ގުޅުންހުރި ތަފާސްހިސާބުތައް އެއްކުރުމަށް ބޭނުންކުރާ ރިޕޯޓިންގް ފޯމެޓްތަކާއި ސްޓޭންޑަރޑްތައް ރިވިއުކުރުމާއި އިސްލާހުކުރުމުގެ މަސައްކަތްކުރުމާއި ޝާއިޢުކުރުމަށް ބޭނުންކުރާ ރިޕޯޓް/ޕްރޮފައިލް/އިންފޮގްރަފިކްސް ރިވިއުކޮށް އިސްލާހުކުރުން
- ދާއިރާއާ ގުޅުންހުރި ތަފާސްހިސާބުތަކާއި މަޢުލޫމާތުތައް އެއްކޮށް އެނަލައިޒްކޮށް ތައްޔާރު ކުރަންޖެހޭ ރިޕޯޓްތައް ތައްޔާރު ކުރުމަށްޓަކައި ކަމާގުޅޭ މުވައްޒަފުން އަހުލުވެރިކުރުވުމަށް ޕްރޮގްރާމް / ޓްރޭނިންގ ސުޕަވައިޒަރގެ އިރުޝާދުގެ ދަށުން ހިންގުން
- ކޮންމެ އަހަރެއްގެ ބަޖެޓް ޕްލޭންގައި ސެކްޝަންގެ ވޯރކްޕްލޭން އާއި ޓާގެޓްތައް ހާސިލްކުރުމަށްޓަކައި ބޭނުންވާ ކަންތައްތައް ހިމެނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
- ޑިވިޜަން އަދި ސެކްޝަންގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން މުވައްޒަފުންނަށް ހަވާލު ކުރެވޭ އެހެނިހެން އޮފީސް މަސައްކަތްކުރުން
- ސިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން.
މަޤާމުގެ ޝަރުތުތައް
1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީ ހާސިލްކޮށްފައިވުން
ނުވަތަ
2. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗެލަރސް އޮނަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން
ތަޢުލީމީ ރޮނގުތައް:
- އެއަރ ކޮލިޓީ ސޮލިއުޝަންސް ވިތް ޑޭޓާ ސައިންސް
- އެޕްލައިޑް ޑޭޓާ ސައިންސް
- އެޕްލައިޑް ޑޭޓާ ސައިންސް އެންޑް އާޓިފިޝަލް އިންޓެލިޖަންސް
- އެޕްލައިޑް ސްޓެޓިސްޓިކްސް އެންޑް ޑޭޓާ ސައިންސް
- ބިގް ޑޭޓާ އެންޑް އޭއައި ސޮލިޔުޝަންސް
- ބިގް ޑޭޓާ-އޭއައި އެންޑް މެނޭޖްމަންޓް
- ބަޔޮލޮޖިކަލް ޑޭޓާ ސައިންސް
- ބިޒްނަސް ޑޭޓާ ސައިންސް
- ކޮމްޕިއުޓޭޝަނަލް އެންޑް ޑޭޓާ ސައިންސް
- ކޮމްޕިއުޓަރ ސައިންސް ( އާޓިފިޝަލް އިންޓެލިޖަންސް އެންޑް ބިގް ޑޭޓާ)
- ކޮމްޕިއުޓަރ ސައިންސް (އެޕްލައިޑް ޑޭޓާ ސައިންސް)
- ކޮމްޕިއުޓަރ ސައިންސް (ބިގް ޑޭޓާ އެންޑް ޑޭޓާ ސައިންސް)
- ކޮމްޕިއުޓަރ ސައިންސް (ބިގް ޑޭޓާ)
- ކޮމްޕިއުޓަރ ސައިންސް (ޑާޓާ ސައިންސް)
- ޑޭޓާ އެންޑް ކްލައުޑް އިންޖިނިއަރިންގ
- ޑޭޓާ އިންޖިނިއަރިންގ
- ޑޭޓާ ސައިންސް
- ޑޭޓާ ސައިންސް އެންޑް އެޑްވާންސްޑް ކޮމްޕިއުޓިންގ
- ޑޭޓާ ސައިންސް އެންޑް އެނަލިޓިކްސް
- ޑޭޓާ ސައިންސް އެންޑް އާޓިފިޝަލް އިންޓެލިޖެންސް
- ޑޭޓާ ސައިންސް އެންޑް ބިގް ޑޭޓާ ޓެކްނޯލޮޖީ
- ޑޭޓާ ސައިންސް އެންޑް ބިޒްނެސް އެނަލިޓިކްސް
- ޑޭޓާ ސައިންސް އެންޑް ކޮމިއުނިކޭޝަން
- ޑޭޓާ ސައިންސް އެންޑް ޑޭޓާ އިންޖިނިއަރިންގ
- ޑޭޓާ ސައިންސް އެންޑް އިންޖިނިއަރިންގ
- ޑޭޓާ ސައިންސް އެންޑް ހެލްތް އެނަލިޓިކްސް
- ޑޭޓާ ސައިންސް އެންޑް ނޮލެޖް އިންޖިނިއަރިންގ
- ޑޭޓާ ސައިންސް އެންޑް އޯގަނައިޒޭޝަން ބިހޭވިއަރ
- ޑޭޓާ ސައިންސް އެންޑް ޕްރިޑިކްޓިވް އެނަލިޓިކްސް
- ޑޭޓާ ސައިންސް ކޮންވަރޝަން
- ޑޭޓާ ސައިންސް-އޭއައި އެންޑް ޑިޖިޓަލް ބިޒްނަސް
- ޑޭޓާ-ސެންޓްރިކް އިންޖިނިއަރިންގ
- އިކޮނޮމިކް ޑޭޓާ ސައިންސް
- އެންވަޔަރަންމަންޓަލް ޑޭޓާ ސައިންސް
- ފައިނޭންސް އެންޑް ޑޭޓާ ސައިންސް
- ޖެނޮމިކްސް ޑޭޓާ ސައިންސް
- ޖޯގްރަފިކަލް ޑޭޓާ ސައިންސް
- ހެލްތް ޑޭޓާ ސައިންސް
- ހިއުމަން އެންޑް ސޯޝަލް ޑޭޓާ ސައިންސް
- ހިއުމަން ރައިޓްސް އެންޑް ޑޭޓާ ސަައިންސް
- އިންފޮމޭޝަން އިންޖިނިއަރިންގ
- އިންފޮމޭޝަން ޓެކްނޯލޮޖީ (ބިގް ޑޭޓާ އެންޑް ޑޭޓާ ސައިންސް)
- މެޝިން ލާރނިންގ ޑޭޓާ އިންޖިނިއަރިންގ
- މެނޭޖްމަންޓް އެންޑް ޑޭޓާ ސައިންސް
- މެތަމެޓިކަލް ސްޓެޓިސްޓިކްސް އެންޑް ޑޭޓާ ސައިންސް
- މެތަމެޓިކްސް އެންޑް ޑޭޓާ ސައިންސް
- މޮޑަން ކޮމްޕިއުޓަރ ސައިންސް (ޑޭޓާ ސައިންސް އެންޑް އޭއައި)
- ސެޓަލައިޓް ޑޭޓާ ސައިންސް
- ސޯޝަލް ޑޭޓާ ސައިންސް
- ސޮފްޓްވެއަރ އެންޑް ޑޭޓާ އިންޖިނިއަރިންގ
- ސްޓެޓިސްޓިކަލް ޑޭޓާ ސައިންސް
ގުޅޭ ވަޒީފާގެ ދާއިރާ
- ޑޭޓާ ސައިންސްގެ ޢިލްމު ބޭނުންކޮށްގެން ކުރާ ފަންނީ މަސައްކަތާއި ދިރާސާކުރުމާބެހޭ މަސައްކަތްތައް
ހުށަހަޅަންޖެހޭ ލިޔުންތައް
- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: (މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އަދި ސިވިލް ސަރވިސް ޓްރެއިނިންގ އިންޓިޓިއުޓް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެ މަރުކަޒަކަށް ދީފައިވާ ހުއްދަ ނަންބަރު ހިމަނާފައިވާ ނަމައެވެ.)
6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
އަސާސީ ޝަރުޠު ހަމަވުން
30
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު
5
ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިންއާ ގުޅޭ ސަނަދަށް ދެވޭ ޕޮއިންޓު
5
އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ
5
އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)
15
ޕްރެޒެންޓޭޝަން
10
އިންޓަރވިއު
30
މަޤާމަށް އެދެންވީގޮތާއި ސުންގަޑި
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 20 އޮކްޓޫބަރ 2026 ވަނަ ދުވަހުގެ 13:30 ގެ ކުރިން [email protected] އަށެވެ.
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ދަންނަވަމެވެ.
ޝޯޓް ލިސްޓް ކުރުން
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.
އިންޓަރވިއު އަދި އިމްތިޙާނު އޮންނާނެ ތަނާއި، މުއްދަތު:
މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އެސެސްމެންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)، އަދި އިންޓަރވިއު އޮންނާނީ، 2026 އޮކްޓޫބަރ / ނޮވެންބަރ މަހު މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިމްތިޙާނު އަދި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ވަޒީފާއަށް ކުރިމަތިލީ
ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓް) އާންމުކުރުން
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް [email protected] އަށް ހުށަހަޅަންވާނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ […]، […]، […]، […]، […]، […]، […]، […] ނަންބަރު ފޯނަށެވެ. އަދި އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް> "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

