First seen by Alion on Nov 1, 2026.
ސީނިއާ އައިޓީ އޮފިސަރ
އެސްއެމްއީ ޑިޖިޓަލްގެ 'ސީނިއާ އައިޓީ އޮފިސަރ' ގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ވަޒީފާއާބެހޭ ޓާރމްސް އޮފް ރެފެރަންސް މި އިޢުލާނާއިއެކެ އެޓޭޗްކުރެވިފައިވާނެއެވެ.
އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:
މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 8 ނޮވެންބަރ 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ބަލައިގަތުމަށް ކަނޑައެޅިފައިވާ ލިންކް: https://smedmv.aidaform.com/job-application-form-senior-it-officer ބޭނުންކުރައްވައިގެން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މި ލިންކް މެދުވެރިކޮށެވެ.
މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 8:30 އާއި 14:00 އާ ދެމެދު 1613 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

